ކުޅިވަރު

މޯލްޑިވިއަން ބަލިކޮށް، އެއްވަނަ ސިފައިންނަށް


ސަލްސާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ލީގުގެ އެއްވަނަ ޓީމްގެ ގޮތުގައި ދިވެހި ސިފައިންގެ ކުލަބް ސެމީއަށް ދަތުރުކޮށްފިއެވެ. މިމެޗަށް އައިއިރު ސިފައިންނަށާއި، މޯލްޑިވިއަންއަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. 

މޯލްޑިވިއަންއާއި ވާދަކޮށް ސިފައިން މިމެޗް ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ. މެޗްގެ ސެޓްތައް ސިފައިން ގެންދިޔައީ 13-25، 25-17، 14-25، 25-19 އަދި 15-13 ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކުލަބްގެ ޕާކިސްތާން ކުޅުންތެރިޔާ އަހުމަދު ނަސީރުއެވެ. މިމެޗުން މޮޅުވުމުން ސިފައިން ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވާއިރު، މޯލްޑިވިއަން ސެމީއަށް ދަތުރުކޮށްފައިވަނީ ލީގު ބުރުގެ ދެވަނަ ޓީމްގެ ގޮތުގައެވެ. 

މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައިވެސް ވާދަކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކުލަބެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވާދަކުރާނީ ލީގުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.