ސިޔާސީ

ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ދިން ހުއްދަ ބާޠިލް ކޮށްފި


އެމްޑީޕީން މިރޭ ޖަލްސާއެއް ބާއްވަން ކާނިވާ ސަރަޙައްދު ދޫކުރެއްވުމަށް ހައުސިންގ މިނިސްޓްރީން އެޕާޓިއަށް ދޫކުރެއްވި ހުއްދަ ބާޠިލްކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު މިކަމާބެހޭ ގޮތުން ނޫސްވެރިނަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ހުއްދަ ބާޠިލްކުރެއްވީ އެމްޑީޕީއަށް ޞުލްޙަވެރި ސިޔާސީ ޙަރަކާތެއް ހިންގުމަށް އެސަރަޙައްދު ބޭނުންރުމަށް ހުއްދަދެއްވުމުން، އެޕާޓީގެ ރަސްމީ ޓުވިޓަރ އެކައުންޓްތަކާއި އަދި ނޫސްކޮންފަރެންސް މެދުވެރިކޮށްވެސް މިރޭ ސިޔާސީ ޙަރަކާތް ހިންގާނީ" ހުއްދަ ދޫކުރި ފަރާތްނޫން، އެހެން ބަޔެއްކަން އެޕާޓީން އިޢުލާނުކޮށްފައިވާތީކަމަށެވެ.

އެމްޑީޕީން ބައްދަލުވުން ބާއްވަން އެދުމުން ހުއްދަ ދެއްވަން އިލެކްޝަންސް ކޮމިޝަނުންވެސް އެދިވަޑައިގެނެވި ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަންގައިވެސް ރެޖިސްޓްރީކޮށްފައި ނެތް ބަޔަކު ނުވަތަ ފަރާތަކުން ޙަރަކާތް ހިންގުމަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމމިޝަނުންވެސް ބޭނުން ނުވާކަމަށް އެކޮމިޝަނުން ވެސް ވިދާޅުވެފައިވާކަމަށް ހައުސިންގ މިނިސްޓްރީ ވިދާޅުވިއެވެ. އެހެންކަމުން ހުއްދަ ބާޠިލްކުރަން ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ ވެސް މަޝްވަރާއާއެކުކަމަށް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޣައިރު ޤާނޫނީ ބައްދަލުވުންތައް ބާއްވަން ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއްވެސް ސަރުކާރުން ނުދެއްވާނެކަމަށެވެ.