ވިޔަފާރި

ފިހާރަތައް ރޭގަނޑު 10، ކެފޭތައް 12 ޖަހާއިރު ބަންދުކުރަނީ


ކުރިއެކޭ އެއްގޮތަށް ފިހާރަތައް ރޭގަނޑު 10 ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 12 ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ރޯމަހާ ދިމާކޮށް ފިހާރަތައް ބަންދުކުރާ ގަޑި ރޭގަނޑު 11 ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އޮތީ ހަމަޖައްސާފައެވެ. އަދި 6 ރޯދަ ނިމެންދެން އެގޮތަށް އޮތުމަށްފަހު މިއަދުން ފެށިގެން ފިހާރަ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

އަދި މި އުސޫލާއި ހިލާފްވާ ފަރާތްތައް 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.