ވިޔަފާރި

"ބެސްޓް ރޯޒް ވޯޓަރ" ލޭބަލަށް ބަދަލުކޮށްގެން ވިއްކާތީ ސަމާލުވުމަށް


ތާޖް މަހަލް މަރުކާގެ " ބެސްޓް ރޯޒް ވޯޓަރ" ފުޅީގެ ލޭބަލާއި އުފެއްދި ތާރީޚް ބަދަލުކޮށްގެން ވިއްކަމުންގެންދާކަން ފާހަގަ ކުރެވިފައި ވާތީ އެކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކުރައްވައިފިއެވެ.

އެ އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ވަނީ އެ ބާވަތުގެ ރޯޒް ވޯޓާ ރާއްޖެ އެތެރެ ނުކުރުމަށާއި ވިއްކަން ނުބެހެއްޓުމަށާއި ބޭނުން ނުކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. އަދި އެފަދަގޮތަކަށް ލޭބަލް ބަދަލުކޮށްގެން ވިއްކަން ހުރިކަން ފާހަގަ ވެއްޖެނަމަ އެ އޮތޯރިޓީގެ ނަމްބަރު 3014305 އަށް ގުޅައި އެކަން އެންގުމަށް އެ އޮތޯރިޓިން އިލްތިމާސް ކުރެއްވިއެވެ.

އަދި މިފަދަ ގޮތަކަށް ތަކެތި ވިއްކާ ފަރާތްތަކަށް "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަ ޙިމާޔާތްކުރުމުގެ ޤާނޫނު" ގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ.