ކުޅިވަރު

ޓީސީގެ ކާމިޔާބު - ބައްސާމާއި، އޭނާގެ ޓީމަށްވެސް ހިތްވަރެއް!


ޓީސީން ހޯދި ކާމިޔާބީއަކީ އެފްއޭއެމްގެ ޓީމުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު ހިތްވަރެއްކަމަށް އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ހިއްލާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ޓީސީން މިހޯދި ކާމިޔާބީގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދާނެކަމަށެވެ. 

" ޤައުމީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ހިއްލާލަން ބޭނުންވި ވަގުތެއްގައި އަޅުގަނޑުމެންވެސް މޯޓިވޭޝަނަކަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްވަރެއް މިއީ " ޓީސީގެ ކާމިޔާބީއަށް އިޝާރާތްކުރައްވާ ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. ޚާއްޞަކޮށް ޤައުމީ ޓީމްގެ ގިނަ މެޗުތަކެއް ހުރި އަހަރެއްގައި މިފަދަ ކާމިޔާބީއެއް ލިބުމުން އިންޑިވިޖުއަލީ ކުޅުންތެރިންނަށްވެސް މިއީ ވަރަށް ބޮޑު ހިތްވަރެއްކަމަށް ބައްސާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤައުމީ ޓީމް ކާމިޔާބީ ހޯދަންވެސް މިއީ ހިތްވަރެއްކަމަށެވެ. 

ބައްސާމް ވަނީ ޓީސީ މިހޯދި ކާމިޔާބީއަށް އެޓީމްގެ ކުޅުންތެރިންނާއި، މެނޭޖްމަންޓާއި، ކޯޗަށްވެސް މަރުހަބާ ދަންނަވާފައެވެ.

ބަނގްލަދޭޝްގައި އޮތް ޝެއިޚް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީ ހޯދި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.