ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕް ފްރެންޑްސް ޔުނައިޓެޑުން ކާމިޔާބުކޮށްފި


26 ވަނަ ތޮއްޑޫ ބްރައިޓް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ފްރެންޑްސް ޔުނައިޓެޑް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް ފްރެންޑްސް ޔުނައިޓެޑް ކާމިޔާބުކުރީ ބްރައިޓް ޖޫނިއަރސްއާ ވާދަކޮށް އެއްލަނޑު ސުންލަނޑުންނެވެ. ފައިނަލް މެޗްގެ ހަމައެކަނި ލަނޑު ފްރެންޑްސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗް މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރގެ މަޤާމް ހޯދި އިސްމާޢީލް އަޙްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ އުއްމީދީ ކުޅުންތެރިއަކީ ބްރައިޓް ޖޫނިއަރސްގެ ޙުސައިން ޝިފާޢުއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވަޑަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ބްރައިޓް ޖޫނިއަރސްގެ އަޙްމަދު ޝަމީމެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ފްރެންޑްސް ޔުނައިޓެޑްގެ ޙުސައިން ނާސިފްއެވެ. އަދި އެންމެ މޮޅު ކީޕަރަކީ ބްރައިޓް ޖޫނިއަރްސްގެ އިސްމާޢީލް ޙަސަންއެވެ.

ޗެމްޕއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތަކީ ތޮއްޑޫގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު މުބާރާތެވެ.