ޚަބަރު

އައިޔޫއެމްއިން ފައްޓަވާ ކޯސްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމް


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މިއަހަރު ޖޫން ސެމިސްޓަރގައި ކިޔަވާ ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގަވައިފިއެވެ. img:http://s3.psmnews.mv/images/660x400/14680777623719.jpg|އައިޔޫއެމްގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ހިންގެވި މި ޕްރޮގްރާމްގައި ދަރިވަރުންގެ ކިޔެވުމާގުޅޭ މަޢުލޫމާތާއި ސަމާލްކަންދޭންވީ ކަންތައްތައް ވަނީ ޔުނިވަރސިޓީން ދަރިވަރުންނަށް ސާފުކޮށްދެއްވާފައެވެ. އަދި އޮރިއެންޓޭޝަނަށްފަހު ކުއްލިއްޔާ އަދި ސެންޓަރުތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ވަކިން ދެއްވުމަށްޓަކައި އެ ކުއްލިއްޔާތަކުގެ ޑީނުންނާއި ލެކްޗަރާއިން ދަރިވަރުންނާއި ވަކިން ބައްދަލްކުރައްވައި، މަޢުލޫމާތު ދެއްވިއެވެ. img:http://s2.psmnews.mv/images/660x400/14680777753073.jpg|އައިޔޫއެމްގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވީ 7 ދާއިރާއަކުން 39 ކޯހަކަށް އިޢުލާނުކުރެއްވުމުން 700 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. މީގެތެރެއިން އަލަށް އިޢުލާން ކުރެއްވި ޕޯސްޓްގްރެޖުއޭޓް ކޯސްތަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި މި ކޯސްތަކަށް ޖާގަ އޮތް އަދަދުގެ ދެގުނައަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާކަމަށް އެޔުނިވަރސިޓީން ވިދާޅުވެއެވެ.