ސިއްހަތު

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރައްވަނީ


ވިލިމާލެ ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވައި ތަރައްޤީކުރެއްވުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަމުން ގެންދަވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. މިކަމުގައި އިސްކަންދެއްވަނީ މިހާރު ނުފެށި ހުރި ބައެއް ޚިދުމަތްތައް ފެއްޓެވުމަށެވެ. img:http://s2.psmnews.mv/images/660x400/14622893443247.jpg|ވިލިމާލެ ހޮސްޕިޓަލް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ވިލިމާލެ ޞިއްޚީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރައްވައި، އެތަނުން ދެއްވަމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވައި، ތަރައްޤީކުރެއްވުމަށްޓަކައި ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިން މިހާތަނަށް ނުފައްޓަވާ ހުރި ބައެއް ޚިދުމަތްތައް ފެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އައި.ޖީއެމް.އެޗުން ވިދާޅުވެއެވެ. ވިލިމާލޭ ހޮސްޕިޓަލްގެ ތަރައްޤީއާ ގުޅޭގޮތުން އައި.ޖީ،އެމް.އެޗްގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑް ކުރެއްވުމުގެ މަސައްކަތް މިހާރު ޕްލޭން ކުރެވިފައިވާ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14622893650836.jpg|ވިލިމާލެ ހޮސްޕިޓަލް / ސިއްޙީ ދާއިރާގެ ޚާއްސަ އެވޯރޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

މަޢުސޫމް ވިދާޅުވީ ޙާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ވިލިމޭލޭ ހޮސްޕިޓަލުން ދެމުންގެންދާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުން ސްޕެޝަލިޓީތަކަށް ޙާއްސަ ޑޮކްޓަރުން އައިޖީއެމްއެޗުން ވިލިމާލޭގައި  ހަފްތާގެ ވަކި ދުވަސްތަކެއްގައި ބައްލަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކްސްރޭގެ ޚިދުމަތްވެސް ދެމުންގެންދާ ކަމަށާއި ހަފްތާގެ ވަކި ދުވަސްތަކެއްގައި ސްކޭންގެ ޚިދުމަތްވެސް ދެމުންގެންދާކަމަށް އަދި ލެބޯޓަރީގެ ޚިދުމަތްތައް ވެސް ވިލިމާލޭ ހޮސްޕިޓަލުން ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14622893819579.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

ވިލިމާލޭ ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފެއްޓެވުމުގެ ތައްޔާރީތައް ކުރިޔަށްދާކަމަށް މަޢުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށް ފަރުވާދޭނެ ރަނގަޅު ފެންވަރުގެ ވޯޑަކާއި އެމަޖެންސީ ޚިދުމަތް ދެވޭނެ ފެންވަރު ރޫމެއްވެސް މިހާރު ތަރައްޤީކުރައްވާފައިވާނެ ކަމަށް މަޢުސޫމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14622893181210.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް ވިލިމާލޭ ހޮސްޕިޓަލުންވެސް އެކްސްރޭގެ ޚިދުމަތާއި ސްކޭންކުރުމުގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތްވެސް ދެމުން ގެންދެއެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިލިމާލޭ ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. މީގެތެރޭގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި ކަށީގެ ޚާއްޞަ ޑޮކްޓަރުންނާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން، ކަނޑައެޅޭ ޝެޑިއުލަކާ އެއްގޮތަށް ބަލިމީހުން ބައްލަވައި ފަރުވާދެއްވަމުން ގެންދަވާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.