ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން ހަތިޔާރާއެކު މާލެ ސަރަަޙައްދުގައި ސިފައިންގެ ތަމްރީނުތަކެއް


  • މި ތަމްރީންތައް އަންނަމަހުގެ 9 ވަނަ ދުވަހާހަމައަށް ކުރިއަށްދާނެ

  • މި ތަމްރީންތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަކެއް މާލެ ސަރަަޙައްދުގައި ކުރިއަށްގެންދާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ހަަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 5ވަނަ ދުވަހާހަމައަށެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ހަވީރު 16:00އިން 18:00އަށް އެ ތަމްރީންތައް ކުރިއަށްދާނެކަމަށެވެ. އަދި ކޮންމެ އަންގާތަ ދުވަހެއްގެ 22:00އިން އަނެއްދުވަހުގެ 1:00އަށް ތަމްރީންތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީންތައް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ މި ތަމްރީންތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.