ހުޅުމާލޭ ހިތިގަސްމަގާ ދިމާ ބްރިޖުން ރޭ ފަތިހު މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ފަތިހު 5:42 ހާއިރު ކަމަށެވެ.
މިރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އެމީހާ ނެގުމަށްފަހު 6:13 ހާއިރު އެމީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.