ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ "މީޓްބޯލްސް ވިތު މޭޝްޑް ޕޮޓައިޓޯ" ތައްޔާރުކުރާނެގޮތެވެ.
މީޓް ބޯލްސްއަކީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ތަރާވީސްދަމަށްވެސް ރަނގަޅު ކެއުމެވެ. މި ޑިޝްގައި ހިމެނެނީ، މީޓް ބޯލް، މޭޝްޑް ޕޮޓައިޓޯ އަދި ވައިޓް ސޯސްއެކެވެ.
* މިންސްޑް ބީފް
* 2 ފޮތި ޕާން ފޯކޮށްފައި
* 1 ކުކުޅު ބިސް
* މަސްޓަޑް ޕައުޑަރ
* އޮރިގާނޯ
* އޮލިވް އޮއިލް
* އޮއިސްޓަރ ސޯސް
* ލޮނުމެދު
* ޗިކަން ސްޓޮކް ޕައުޑަރ
* ބަޓަރ
* ސަވަރ ކްރީމް
* ލޮނު
* އަސޭމިރުސް މުގުރާފައި
* ފުއްކޮޅެއް
* ފިޔާ
މި ރެސިޕީގައި ތައްޔާރުކުރާނީ މީޓް ބޯލް، ސޯސް އަދި މޭޝްޑް ޕޮޓައިޓޯއެވެ.
މީޓް ބޯލްސް ތައްޔާރުކުރުމަށް މިންސްޑް ބީފް (ރަނގަޅަށް މުގުރާފައި ހުރި ބީފް) އާއި، ފޯކޮށްފައިވާ 2 ފޮތި ޕާނާއި، މަސްޓަޑް ޕައުޑަރ، އޮރިގާނޯ، އޮއިސްޓަރ ސޯސް، ޗިކަން ސްޓޮކް ޕައުޑަރ، ލޮނުމެދު، މުގުރި އަސޭމިރުސް، އަދި ރަހަލާވަރަށް ލޮނު އަދި 1 ބިސް އެޅުމަށްފަހު ގުޅަ ވެށޭގޮތަށް އެއްކޮށްލާނިއެވެ. މާބޮޑަށް ދިޔާވެ ގުޅަ ހަދަން އުނދަގޫވާނަމަ ކުޑަ ފުއްކޮޅެއް އެއްކޮށްލާނީއެވެ.
ދެން މީޓް ބޯލްތައް ހެދުމަށްފަހު، ތަވަޔަކަށް ކުޑަ ތެޔޮކޮޅެއް އަޅާ، ރޯފިލުވާލާނީއެވެ. އެއަށްފަހު އެތެރެ ރަނގަޅަށް ރޯފިލުވާލަން އަވަނަށްވެސް ލެވިދާނެއެވެ.
ވައިޓް ސޯސް ތައްޔާރުކުރުމަށް ބޭނުންވާނީ އޮލިވް އޮއިލް އާއި، ލޮނުމެދު، ފިޔާ، ފުއް ސަމްސަލެއް، ޗިކަން ސްޓޮކް، މުގުރި އަސޭމިރުސް އަދި ސަވަރ ކްރީމެވެ.
ސޯސް ތައްޔާރުކުރުމަށް ތަވައެއްގައި ފިޔާ އަދި ލޮނުމެދުކޮޅު ރަނގަޅަށް މިލުވާލުމަށްފަހު، ބާކީ ހުރި ހުރިހާ އެއްޗެއް އަޅާ އެއްކޮށްލާނީއެވެ.
ވައިޓް ސޯސްގެ ބަދަލުގައި ޓޮމާޓޯ ބޭސްޑް ސޯސްއެއްވެސް ބޭނުންކުރެވިދާނެއެވެ.
މޭޝްޑް ޕްޓައިޓޯ ތައްޔާރުކުރުމަށް ބޭނުންވަނީ މަޑުކޮށްފައިހުރި އަލުވި، ބަޓަރ، ލޮނުމެދު، ކްރީމް، މުގުރި އަސޭމިރުސް އަދި ލޮނެވެ.
އަލުވިކޮޅު ރަނގަޅަށް ޗަސްކޮށްލުމަށްފަހު ކުޑަ ތަވައެއްގައި، ބާކީ ހުރި އިންގްރީޑިއަންޓްތައް ހިމެނޭގޮތަށް އުދުންމަތީގައި އެއްކޮށްލާނީއެވެ.
މިއީ ތުއްތު ކުދިންނަށްވެސް ކަމުދާނެ ޑިޝްއެކެވެ.
"ރޯދަ ބަދިގެ" ކޮންމެ ދުވަހަކުވެސް ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.