މޫސުން ރަނގަޅުވުމާއެކު، އިއްޔެ މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުވާނެކަމަށް އަންދާޒާކުރެވޭކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ރަމަޟާން މަސް ފެށުނުއިރު މޫސުން ގޯސްވެ ވިއްސާރަކުރަމުންދިޔަނަމަވެސް މޫސުން ރަނގަޅުވެ، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށްވެސް ވަނީ އަވިދޭން ފަށާފައެވެ. އާއްމުކޮށް އެހެން އަހަރުތަކެކޭ އެއްގޮތަށް އިރުވައި މޫސުމުގެ ހޫނު ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ.
މާލެއާ ހުޅުމާލޭގައި މދިޔަ ދުވަސްތަކުގައި ކަރަންޓު ބޭނުންކުރި މިންވަރަށް ބަލާއިރު އެކަން ހާމަވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ހޫނު ގަދަވުމާއި ރަމަޟާން މަހު ކަރަންޓު ބޭނުންކުރި މިންވަރު އިންތިހާއަށް ވަނީ އިތުރުވެފައެވެ. ރަމަޞާން މަހުގެ 4ވަނަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރާ ގުޅޭގޮތުން ސްޓެލްކޯއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ކަރަންޓް ބޭނުންކުރި މިންވަރު 92.3 މެގަވޮޓްއަށް ވަނީ އަރާފައެވެ. އެންމެ ޕީކް ވަގުތު ގޮތުގެ ގޮތުގައި ރެކޯޑްކުރެވިފަވަނީ ހަވީރު 04:00އިން އިރުއޮއްސި 06:00އާއި ހަމައަށެވެ.
މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައި. ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ… pic.twitter.com/pvLtMgJIyr
— STELCO (@STELCOMALDIVES) March 5, 2025
މެންދުރާއި ރޭގަނޑުގެ ވަގުތުގައި އެވަރެޖްކޮށް ކަރަންޓު ބޭނުންކުރި މިންވަރު އުޅެނީ 80 މެގަވޮޓުން މަތީގައެވެ. ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެވެސް އިތުރުވާނެކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ކަރަންޓު އިޤްތުޞާދުކޮށް، ކަރަންޓުގެ އިސްރާފު ވީހާވެސް ކުޑަކުރުމަށް ސަމާލުވުމަށް ވަނީ އިރޝާދު ދެއްވާފައެވެ.
ރަމަޟާން މަހު ކަރަންޓު ބިލަށް އަންނަ ބަދަލު ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ސްޓެލްކޯއިން ވަނީ، މުޅި ރަމަޟާން މަހުގެ 30 ދުވަހަށް ބިލް އަންނަގޮތަށް ރީޑިން ނަގާ ތާރީޚް ހަމަޖައްސާފައެވެ. މާރިޗް މަސް ނިންމައި ދެން ލިބޭ ބިލުގައި ރީޑިންގ ހިމެނޭނީ މާރިޗް އެކަކުން 31ގެ ނިޔަލަށެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން %10 ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަމަށް 160 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.