ކުޅިވަރު

ތޮއްޑޫގައި ބާއްވާ އެންމެ ބޮޑު ފްޓްބޯޅަ މުބާރާތް ފަށައިފި


ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ތޮއްޑޫ ޗެލެންޖް ކަޕް 2016 ފަށައިފިއެވެ. ތޮއްޑޫ ސްޓާޓް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް އިއްޔެ ހެނދުުނު ފަށާފައިވާއިރު މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރެއެވެ.

 މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތަކީ ތޮއްޑޫގައި ފްޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ވާދަވެރި މުބާރާތެއް ހޯދައިދީ ރައްޔިތުންގެ މެދުގައި ފްޓްބޯޅައިގެ ފޯރި އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ފްޓްބޯޅަ މުބާރާތެއް ކަމަށް މި މުބާރާތް އިންތިޒާމް ކުރާ ސްޓާޓް ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. 3 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 25 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއީ މި މުބާރާތް ސްޓާޓް ޖަމްޢިއްޔާއިން ބާއްވާ 3 ވަނަ އަހަރެވެ.