ކުޅިވަރު

ތޮއްޑޫގައި ބޭއްވޭ އެންމެ އަގުބޮޑު ފްޓްބޯޅަ މުބާރާތް ފަށައިފި


މިހާތަނަށް ތޮއްޑޫގައި ބޭއްވޭ އެންމެ އަގުބޮޑު ފްޓްބޯޅަ މުބާރާތް ތޮއްޑޫ ބްރައިޓް ޗެލެންޖް ކަޕް 2016 ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދުގެ މުނާސަބަތާ ދިމާކޮށް ތޮއްޑޫ ބްރައިތް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު އެއްވަނައަށްދާ ޓީމަކަށް 35،000 ރުފިޔާ އަދި ދެވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ ހުށައެޅިފައިވެއެވެ.

މި މުބާރާތަކީ ތޮއްޑޫ ޒުވާނުންގެ ފްޓްބޯޅައިގެ ހުނަރު އިތުރުކޮށް ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތޮއްޑޫ ބްރައިޓް ކްލަބުން މަޢުލޫމާތުދެއެވެ.

ޖުމްލަ 6 ޓީމް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ކުރިހޯދާ 2 ޓީމް ފައިނަލަށް ދާ ގޮތަށެވެ. މިއީ ތޮއްޑޫ ބްރައިޓް ކްލަބުން މި މުބާރާތް ބާއްވާ 24 ވަނަ އަހަރެވެ.