ޚަބަރު

"ސުވެނިއަރ 34" ލޯންޗު ދިޔަވާތީ، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ


  • މިލޯންޗުގައި 34 ޓޫރިސްޓުންނާއި 4 ކްރޫން ތިބި

ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވާތީ، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިއުޅަނދުގައި 38 މީހުން ތިބިކަމަށާއި، އެއީ 34 ޓޫރިސްޓުންނާއި 4 ކްރޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.