މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވެފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯ.ޕީ.ޑީތައް މިއަދު ބަންދުކޮށްފިއެވެ.
މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރަޢީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
މާރޗް 2 ވާ އާދިއްތަ ދުވަހު (މިއަދު) އޯ.ޕީ.ޑީތައް ބަންދުވުމާއި ގުޅޭ pic.twitter.com/bgIFRY8Ggz
— IGMH (@igmhmv) March 2, 2025
އަދި ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވެ، ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އަދި އެނބުރި ދިއުމަކީ ތަކުލީފަކަށް ވާނެތީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ގިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް ބަންދުވާނެކަމަށެވެ. އެހެންނަމަވެސް އައިޕީޑީ އަދި އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ މަގުތައް ފެންބޮޑުވެފައިވާއިރު، އައިޖީއެމްއެޗާއި ދަރުވަމަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދަކީ އެންމެ ފެންބޮޑުވާ ސަރަހައްދެވެ.
ސަރުކާރުން އަންނަނީ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ވިއްސާރާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.