ޚަބަރު

ޒަރޫރީ ތަންތަނަށް ރައްޔިތުން ގެންގޮސްދިނުމަށް ފުލުހުންނާއި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: ވަޒީރު އިހްސާން


  • ހޮސްޕިޓަލުގައި ތިބި ގިނަ މީހުން ގޭގެއަށް ވަނީ ގެންގޮސްދީފަ

މާލޭގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާތީ އާންމުންނަށް ބޭނުންވާ އެހީތެރިކަން ފުލުހުންނާއި ސިފައިން ފޯރުކޮށްދެމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން ވިދާޅުވީ މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރައްވަމުންގެންދަވާކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ތަންތަނަށް ރައްޔިތުން ގެންގޮސްދިނުމާޢި އަދި އަނބުރާ ގެއަށް ގެނޑގޮސހޮސްޕިޓަލްތަކުގައި ޒަރޫރީ ބޭނުންތައް އާންމުން އަނބުރާ ގެއަށް ގެންގޮސްދިނުމުގައި ފުލުހުންނާއި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ އާންމުންގެ ގެތަކަށާއި ފިހާރަތަކަށް ފެން ވަންނަ ދިމަދިމާލުގައި ބަސްތާތައް ޖަހައިދީ އާންމުންގެ މުދާ އެއްތަނުން އަނެއް ތަނަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ފުލުހުން އެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

"ފުލުހުން ބޮޑަށް މިއޮތީ މާލެތެރެ ބެހެލެއްޓުމާއި ހޮސްޕިޓަލަށް ޙާއްސަކޮށް މި ސަރަހައްދަކީ ފެން ބޮޑުވެފަތް ސަރަހައްދެއްކަމަށްވާތީ ހޮސްޕިޓަލަށް އާންމުންގޮސް އަނބުރާ ގެއަށް ދިއުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ފުލުހުންގެ ވެހިކަލްތަކުގައި މީހުން އުފުލުމާއި އަދި ބައެއް ވެހިކަލްތައް ތާށިވާއިރުގައި އެތަންތަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އެބަ ހިމެނޭ". ވަޒީރު އިހްސާން ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވަނީ ފެން ބޮޑުވެފައި އޮންނަ ވަގުތުގައި ކޮންމެހެން ދުއްވަންޖެހޭ ވެހިކަލްތައް ނޫނީ ނުދުއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ވެހިކަލް ދުއްވަންޖެހިއްޖެ ހާލަތެއްގައިވެސް އެހެންމީހުންގެ ގެއަށާއި މުދަލަށް ގެއްލުން ނުވާނެފަދަ ގޮތައް ވެހިކަލް ދުއްވުމަށް ވަޒީރު އިހްސާން ވަނީ އިލްތިމާސްކުރައްވާފައެވެ.