ޕާކިސްތާނުގެ ސީނިއަރ ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ވަގުތީ ގޮތުން ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
ކުޅުންތެރިން މި ފަދައިން ނިންމީ އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުން އެންމެ ފުރަތަމަ ކެޓި ގައުމަކީ ޕާކިސްތާން ކަމުގައި ވުމުންނެވެ.
މިއާއެކު މި މަހުގެ ފަހުކޮޅު ނިއުޒިލެންޑާއެކު ކުޅެން ހަމަޖައްސާފައިވާ ސިލްސިލާ މެޗުތަކުން ބައެއް ކުޅުންތެރިން ވަނީ އަމިއްލަ އަށް ވަކިވެފަ އެވެ. އެއީ ޕާކިސްތާން ފެޑަރޭޝަނުން އެ ކުޅުންތެރިން ޓީމުން އުނިކޮށްފާނެ ކަމަށް ބަލާފަ އެވެ.
ޓީމާއެކު ނިއުޒީލޭންޑަށް ނުދާން ނިންމާފައިވާކަން ކަށަވަރުވެފައިވަނީ މިހާތަނަށް ހަތަރު ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ ތިން އުކުންތެރިން ކަމަށްވާ ޝާހީން ޝާހް އަފްރީދީ އާއި ހާރިސް ރައޫފް އާއި ނަސީމް ޝާހެވެ. ހަތަރު ވަނަ ކުޅުންތެރިއަކީ ޗެމްޕިއަންސް ޓްރޮފީގައި އެންމެ ރަނގަޅަށް ބެޓްކުރި ކުރީގެ ކެޕްޓަން ބާބަރް އަޒަމް އެވެ. މި ކުޅުންތެރިންގެ އިތުރުން ޕާކިސްތާން ޓީމުގެ ވަގުތީ ކޯޗު އާގިން ގާވިދް ވެސް ޓީމާއެކު ނުދިއުން ގާތެވެ. އޭނާގެ ވަޒީފާއާއެކު ވަކި ގޮތެއް ނުނިންމަ އެވެ.
މުބާރާތުގައި ޕާކިސްތާން ވަނީ ނިއުޒީލޭންޑާއި އިންޑިޔާ އަތުން ބަލިވެފަ އެވެ. ބަނގްލަދޭޝްއާއެކު އިއްޔެ ކުޅެން އޮތް މެޗު ހުއްޓާލީ ވާރޭ ހުއްޓާނުލުމުންނެވެ.
މި ނަތީޖާއާއެކު ޕާކިސްތާން ޓީމަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި އެކަމަށް ފަސް ނުޖެހުމަށް ކުރީގެ ކުޅުންތެރިން ވަނީ ޕާކިސްތާން ފެޑަރޭޝަނަށް ގޮވާލައިފަ އެވެ.