ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ފްލެޓް ދޫކޮށްލަން ވަޒީރު ހައިދަރު ނިންމަވައިފި


  • މި ސްކީމުން ފްލެޓް ހައްޤުވާ އެތައް އާއިލާއެއް ތިބޭނެކަމަށް ވިދާޅުވި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ފްލެޓް ދޫކޮށްލަން ގަސްދުކޮށްފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކޯއެޕްލިކަންޓެއްގެ ގޮތުގައި އެމަނިކުފާނު ހިމެނޭގޮތަށް އަންހެނުން މަރްޔަމް ތައުފީޤާއަށް 3 ކޮޓަރީގެ ފްލެޓެއް ލިބިފައިވާކަމަށެވެ. ނަމަވެސް މިހާރު ހުރި ހައިސިއްޔަތުގެ ގޮތުން އަންހެނުންގެ ނަމުގައި ކަނޑައަޅާފައިވާ ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާކަމަށް ވަޒީރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ސްކީމުން ފްލެޓް ހައްޤުވާ އެތައް އާއިލާއެއް ތިބޭނެކަމަށް ގަބޫލުކުރައްވާކަމަށާއި އެހެންކަމުން މި ސްކީމުން ލިބިފައިވާ ފްލެޓް ދޫކޮށްލަން ގަސްދުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ރެވިއުކުރުމަށްފަހު ބުރާސްފަތިދުވަހު ވަނީ އާއްމުކޮށްފަ އެވެ.