ޚަބަރު

ޚާރިޖީ ވަޒީރު ޑރ.ޚަލީލަށް އިންޒާރުދިން މައްސަލައެއް ބަަލަނީ


  • ޑރ.ޚަލީލަށް އިންޒާރުދީފައިވަނީ އެމަނިކުފާނު ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށް

ލަންކާ ރައްޔިތަކު ސޯޝަލް މީޑިއާގައި ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލަށް އިންޒާރުދިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ތަފްސީލް ހާމަކޮށްފައި ނުވިނަމަވެސް ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅުންހުރި ބަލަންޖެހޭ ކަންކަން އިދާރާތަކުން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޚާރިޖީ ވަޒީރު ޑރ.ޚަލީލަށް އިންޒާރުދީފައިވަނީ އެމަނިކުފާނު ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށެވެ. އަދި ވަޒީރަށް އިންޒާރު ދީފައިވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވާ ލަންކާ ރައްޔިތެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.