ވިޔަފާރި

މޭ މަހުގެ ރަސްމީ ރިޒަރވް %11 ދަށަށް


ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު، މިއަހަރުގެ މޭ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރި ފައިސާގެ ޢަދަދު 11 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ. އަދި މިއީ، ފާއިތުވި އެޕްރީލް މަހާ އަޅާބަލާއިރު 12 އިންސައްތަ ދަށް އަދަދެއް ކަމަށާއި، ފާއިތުވި މެއި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ، 624.0 މިލިއަން އެމެރިކާ ޑޮލަރުކަމަށް އެމް.އެމްއޭއިން ވިދާޅުވެއެވެ.

މެއިމަސް ނިމުނުއިރު، ރަސްމީ ރިޒަރވްގެ ތެރެއިން ޔޫސަބަލް ރިޒަރވްގެ ގޮތުގައި ހުރީ، 208.4 މިލިއަން އެމެރިކާޑޮލަރެވެ. ޔޫސަބަލް ރިޒަރވްގެ ގޮތުގައި ހުރި ޢަދަދަކީ، އަހަރުންއަހަރަށް ބަލާއިރު ނުވައެއް އިންސައްތަ ދަށް އަދަދެއްކަމަށްވެސް އެމް.އެމް.އޭއިން ބުނެއެވެ.

2016 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މަނިޓަރީ ބޭސްގެގޮތުގައި ހުރީ، 11.2 ބިލިއަން ރުފިޔާއެވެ. އަހަރުން އަހަރަށްބަލާއިރު، 2016 ވަނަ އަހަރުގެ އެޕްރީލްމަހު މަނިޓަރީ ބޭސް 9 އިންސައްތައަށް ދަށްވެފައިވާއިރު، މެއިމަހު މި އަދަދު ދަށްވެފައިވަނީ، 15 އިންސައްތައަށެވެ. މަނިޓަރީ ބޭސް ދަށްވެފައިވަނީ، މެއިމަހު އެމްއެމްއޭގެ ނެޓް ފޮރިން އެސެޓްސް އަދި ނެޓް ޑޮމެސްޓިކްއެސެޓްސް ދަށްވުމުންކަމަށް އެމް.އެމް.އޭއިން ހާމަކުރައްވައެވެ.

އެމްއެމްއޭގެ ނެޓް ފޮރިން އެސެޓްސްދަށްވެފައިވަނީ، އެމްއެމްއޭއިން ބޭރު ޤައުމުތަކުގައި ބަހައްޓާފައިވާޑިޕޮސިޓް އިތުރުވެފައިވާތީއެވެ.