ޚަބަރު

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީހަށް: ރައީސް ނަޝީދު


  • ބޮޑު 3 ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެވިފައި އޮންނަ ގޮތުގައި ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އަދި ޤާނޫނުއަސާސީގެ ނަޒަރުގައި ޤާނޫނުއަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަމަށާއި، އަދި ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށްކަމަށްވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޤާނޫނީ ގޮތުން ނިންމަވަންޖެހޭ ބޮޑު ތިން ނިންމެވުމެއް ނިންމެވުމަށް ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިކަން ބަދަލުވާ ދުވަސް ޖުމްހޫރީ ދުވަހަށް ހެދުމަށާއި ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ނުގޮސް އެއް ބުރުން ރައީސަކު އިންތިޚާބުކުރާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރެއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.