ޚަބަރު

ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފްތިތާޙުކޮށްފި


  • އެކައުންޓްތަކުގެ ތެރޭގައި ހިމެނެނީ އެކްސް، އިންސްޓަގްރާމް އަދި ފޭސްބުކް ގެ އެކައުންޓްތައް

  • އެކައުންޓްތައް އިފްތިތާހްކޮށްފައިވަނީ ސިފަމާ ޢާއިލީ މާހެފުމު ގަ

މިއަހަރުގެ ރަމަޟާންމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފްތިތާހުކޮށްފިއެވެ.

ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރޭގައި ހިމެނެނީ އެކްސް، އިންސްޓަގްރާމް އަދި ފޭސްބުކްގެ އެކްއުންޓްތަކެވެ.

މި އެކައުންޓްތައް އިފްތިތާހްކޮށްފައިވަނީ އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ސިފަމާ ޢާއިލީ މާހެފުން 1446" ގައެވެ. މި ހަރަކާތުގެ ތެރެއިން ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފްތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ސިފަމާއަކީ ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި ގުޅުންހުރި މުހިންމު މަޤުޞަދުތަކެއް ހާސިލްކުރުމަށް ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ ތަމްސީލުކުރަނީ ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ އެކުވެރި، ބަދަހި، ޢާއިލާތަކެވެ.