މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް، މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.
މަސްޖިދުއް ޒިކުރާގެ ނަމުން ނަންދީފައިވާ މި މިސްކިތް ހުޅުވާފައިވަނީ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށެވެ. މިސްކިތް ހުޅުވައިދެއްވީ ޤާސިމް އިބްރާހިމެވެ.
މާމިގިލީ ކައުންސިލުން ވިދާޅުވީ މި މިސްކިތް ބިނާކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މިސްކިތް ބިނާކުރުމަށް ހޭދަވީ 57 ދުވަސް ކަމަށެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
ޤާސިމް އިބްރާހީމްގެ ޚަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ޤާސިމް އިބްރާހީމް ވަނީ އއ. ތޮއްޑޫގައި ވެސް މިކިތެއް ބިނާކޮށްދެއްވާފައެވެ.
މާމިގިލީގައި އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.