ރޯދަ

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މިރޭ


ޝައްވާލް މަހަށް ހަދުބަލައި، ފިޠުރު ޢީދު ދުވަސް ކަނޑައެޅުއްވުމަށް ބާއްވަވާ ހަނދު ސާބިތުކުރުމާބެހޭ ކޮމެޓީގެ ބައްދަލުވުން މާދަމާރޭ ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާ ފެށޭނީ މިރޭ 9:30ގައި އިސްލާމީ މަރުކަޒުގައެވެ.

ރަމަޟާން މަހުގެ ނިމުމާއި ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުއްވުމަށްޓަކައި ހަނދާމެދު ގޮތެއް ނިންމެވުމުގެ ޖަލްސާއަށްފަހު ކަމާބެހޭ ކޮމެޓީން ނިންމެވި ގޮތް ޢާންމުކޮށް އިޢުލާންކުރައްވާނެއެވެ.

ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އަދި ހަނދުފެނިއްޖެ މީހަކު ނުވަތަ ބަޔަކު ޝަރުޢީ އިދާރާއަކަށް ޙާޟިރުވެ އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް، ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމާއި ޝައްވާލްމަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިޠުރު ޢިދުދުވަސް ކަނޑައެޅުމަށް ކުރިންވެސް ހަމަޖައްސަވާ ގޮތަށް މިފަހަރުވެސް ހަމަޖައްސަވާގޮތަށް ވަނީ ނިންމަވާފައެވެ.

ރާއްޖޭގެ މީލާދީ ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ، 30 ދުވަސް ހިމެނޭ މަހެކެވެ. އެހެންނަމަވެސް 30 ދުވަސް ނުވަތަ 29 ދުވަސް ހިމެނޭ މަހެއްކަން ސަރުކާރުން ކަނޑައަޅުއްވާނީ މިރޭ ހަނދާމެދު ގޮތެއް ނިންމެވުމަށް ބާއްވަވާ ޖަލްސާގައެވެ.

ޝައްވާލް މަހަށް ހަދުބަލައި، ފިޠުރު ޢީދު ދުވަސް ކަނޑައެޅުއްވުމަށް ބާއްވަވާ ހަނދު ސާބިތުކުރުމާބެހޭ ކޮމެޓީގެ ބައްދަލުވުން މިރޭ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.