ޚަބަރު

އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް ފަށައިފި


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 12 ވަނަ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕް 2025ގެ ޓީމް އިވެންޓްތައް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ވަރުގަދަ އެއް އިވެންޓް ކަމަށްވާ ޓީމު އިވެންޓްގައި މިއަހަރު 13 އޮފީހެއް ބައިވެރިވެފައިވެއެވެ. އަދި މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވާދަކުރެއެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މިއަހަރު 27 ކުޅުންތެރިން ވާދަކުރާއިރު، ދެވަނަ ޑިވިޝަނުގައި 83 ކުޅުންތެރިން ވާދަކުރެއެވެ.

މާލޭ ބިލިއާޑް ހޯލްގައި ކުރިއަށްދާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. މި ބުރު ކުރިއަށްދިޔައީ ސިންގަލް އެލިމިނޭޝަން ނޮކް އައުޓް އުސޫލުންނެވެ. ޓީމު އިވެންޓްގެ މެޗުތައް އިއްޔެ ފެށިގެންދިޔައިރު، މި އިވެންޓްގެ ފައިނަލް މެޗް ތާވަލްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް އެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.