ސްޕެނިޝް ކިންގްސް ކަޕް ނުވަތަ ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެ އެވެ.
ސެމީ ފައިނަލަށް ހޮވިފައިވާ ހަތަރު ޓީމުގެ މެދުގައި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ބޭއްވި ގުރު ނެގިއިރު ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ މެޑްރިޑަސް ނިސްބަތްވާ ރެއާލް ސޮސިއެޑާޑް އާ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ރެކޯޑް އަދަދަކަށް ތަށި ހޯދާފައިވާ ބާސެލޯނާ އެންމެ ފަހުން މި ތަށި ހޯދީ 202ގަ އެވެ. އެ ޓީމުން އެތްލެޓިކޯ މެޑްރިޑާ ވާދަކުރާއިރު އެކުލަބުން ވަނީ މިހާތަނަށް 10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާއިން ތަށި އުފުލާލާފައިވަނީ 31 ފަހަރު އެވެ، އެންމެ ފަހުން އެތްލެޓިކޯ މި ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ ބާސެލޯނާގެ ދަނޑުގަ އެވެ.
ކާލޯ އަންޗެލޮޓީ ކޯޗުކޮށްދޭ ރެއާލް މެޑްރިޑުން ވަނީ މި މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފަ އެވެ.
އެންމެ ފަހުން ރެއާލް މި ތަށި ހޯދީ 2023 ވަނަ އަހަރުގެ ފައިނަލުގައި އޮސަސޫނާ ބަލިކޮށްގެންނެވެ. ރެއާލް ސޮސިއެޑާޑް މި ތަށި ހޯދާފައިވަނީ އެންމެ ދެ ފަހަރު އެވެ. އެ ޓީމު އެންމެ ފަހުން މި ތަށި ހޯދީ 2020 ވަނަ އަހަރު ވާދަވެރި އެތްލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ.
ސްޕޭނުގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑާއި އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅޭނީ ސޮސިއެޑާޑްގެ ދަނޑުގަ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ 25 އަދި 26ގަ އެވެ. ދެ ވަނަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްރީލް މަހުގެ އެކެއް އަދި ދެ ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.