ސިއްހަތު

ކާޑިއެކް ސެންޓަރުން ފަރުވާދިން 4 މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި


އައި.ޖީ.އެމް.އެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރުން އެންމެ ފުރަތަމަ ހިތުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ  4 މީހުންވެސް އިތުރު ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ ސީނިއަރ ކޮންސަލްޓެންޓް އިން ކާޑިއޮލޮޖީ، ޑރ. ޢަލީ ޝަފީޤް ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ހޯދި 4 މީހުންގެ ތެރެއިން، އެންޖިއޮގްރާމް ހަދާފައިވާ ދެ މީހުން އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި، އެންޖިއޯގްރާމަށް ފަހު އެންޖިއޯޕްލާސްޓީ ހެދި ދެމީހުންވެސް މިއަދު ދޫކޮށްލާފައިވާކަމަށެވެ.

މި ހަތަރު މީހުންގެވެސް ޙާލު ރަނގަޅުކަމަށް ޑރ. ޢަލީ ޝަފީޤް ވިދާޅުވިއެވެ. މި ހަތަރު މީހުންނަށް ފަރުވާދީފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، އެންޖިއޯގްރާމާއި އެންޖިއޯޕްލާސްޓީ ހެދުމަށް މި ވަގުތު އެއްވެސް ބަޔަކު ރެޖިސްޓްރީކޮށްފައި ނުވާކަމަށާއި، ހިތުގެ ބަލީގައި ޑޮކްޓަރަށްދައްކާ އިރު ސީރިއަސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ، ވަގުތުން ފަރުވާ ދިނުމަށް ހަމަޖައްސަވާފައިވާކަމަށެވެ.