ގުއަޓެމާލެ ބްރިޖެއްގެ މަތިން ބަހެއް ވެއްޓި ގިނަ ބަޔަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ގުއަޓެމާލާގެ ރައީސް، ހިޒް އެކްސެލަންސީ ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ގުއަޓެމާލާގެ ވެރިކަންކުރާ ގުއާޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސްގެ މެސެޖުގައި ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ގުއަޓެމާލާގައި ޤައުމީ ހިތާމައިގެ ތިން ދުވަސް ވަނީ އިޢުލާންކޮށްފައެވެ.
ގުއަޓެމާލާގައި އިއްޔެ ހިނގި މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުން މަރުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ހަބަރުތައް ބުނެއެެވެ.