ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ބްލޫރިޖް ފްލެޓް ޓަވަރެއްގެ 9 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ބްލޫރިޖްގެ ސީ ޓަވަރުން މީހަކު ވެއްޓި ނިޔާވެފައިވާކަމަށެވެ. އަދި މި ހާދިސާގަައި ނިޔާވެފައިވަނީ ހ.ގިނިރާހިއާގެ އިބްރާހިމް ޝަރަބު (24އަހަރު)ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.