ސްޕެނިޝް ލީގު ރެފުރީންގެ ފެންވަރު ރަނގަޅު ކުރާނަމަ ގެންނަންވީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެފުރީން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ކޯޗު އަންޗެލޮޓީ މިހެން ބުނީ ރެފްރީންގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
"އަހަރެން ވަރަށް ގިނަ ލީގުތަކުގައި މަސައްކަތް ކޮށްފިން. އަހަރެން މިހާތަނަށް ދުށް އެންމެ ރަނގަޅު ރެފްރީން ތިބީ އިނގިރޭސި ލީގުގައި. އެމީހުންގެ ފެންވަރު ވަރަށް ރަނގަޅު. މިތަނުގައި ރެފްރީން ކުރިއަރުވާނަމަ އެމީހުންގެ އެހީ ހޯދުން ރަނގަޅު. އަދި އެމީހުން މެޗުތަކުގައި ތިބޭނަމަ ވަކި ބަޔަކަށް ފޭވަރ ކުރާ ކަމަށް ދެކެވޭ ވާހަކަތައް ވެސް މެދުވާނެ ކަމަށް ފެނޭ،" އަންޗެލޮޓީ ބުންޏެވެ.
އިނގިރޭސި ލީގު ޗެލްސީ އަށް ހޯދައިން ކޯޗު ބުނީ ކޮންމެ ލީގެއްގައި ވެސް ރެފްރީންގެ ފެންވަރު ރަނގަޅު ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަންޗެލޮޓީ އަކީ އިޓަލީ އާއި ސްޕޭން އަދި ޖަރުމަނާއި އިނގިރޭސި ޓީމުތަކަށް ވެސް ކޯޗުކޮށްދީފައިވާ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ފާޑުކިއުން ކުރިމަތިވިއިރު ސްޕެނިޝް ލީގުގެ ރެފްރީންގެ ނިންމުންތަކާމެދު އެހެން ބައެއް ޓީމުތަކުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވެސް ހިމެނެ އެވެ.
އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނޭ ބުނީ ލީގުގެ ފަހު މެޗުތަކަށް ދާ އިރު އަބަދުވެސް ވާދަވެރިކަން ބޮޑުވާ ކަމަށާއި މިހެންވެ ރެފްރީން ވެސް އެންމެ ރަނގަޅު ފޯމުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.