ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.
މާލީ ވުޒާރާއިން ވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާފައެވެ.
މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.
މާލީ ވުޒާރާއިން ވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އަދި 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން 50 އަށްވުރެ މަދުން ހައުސިން ޔުނިޓްތައް އަޅަނީ 18 ރަށެއްގައެވެ. އަދި 51 އާއި 150 ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީކުރަނީ 17 ރަށެއްގައެވެ. އަދި 200-250 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 10 ރަށުގައެވެ. އަދި 300 އަށްވުރެ ގިނައިން ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 12 ރަށެއްގައެވެ.
* އދ. ދިގުރަށް - 30 ހައުސިން ޔުނިޓް
* ހއ.ކެލާ - 50 ހައުސިން ޔުނިޓް
* ހއ.އުތީމު - 50 ހައުސިން ޔުނިޓް
* ހދ. ކުރިނބީ - 50 ހައުސިން ޔުނިޓް
* ށ. ކޮމަންޑޫ - 50 ހައުސިން ޔުނިޓް
* ނ. މަނަދޫ - 50 ހައުސިން ޔުނިޓް
* ނ. މިލަންދޫ - 50 ހައުސިން ޔުނިޓް
* ރ.އިންނަމާދޫ - 50 ހައުސިން ޔުނިޓް
* ރ. ރަސްމާދޫ - 50 ހައުސިން ޔުނިޓް
* ޅ.ކުރެންދޫ - 50 ހައުސިން ޔުނިޓް
* ކ.ގުރައިދޫ - 50 ހައުސިން ޔުނިޓް
* މ. ކޮޅުފުށި - 50 ހައުސިން ޔުނިޓް
* ތ.ހިރިލަންދޫ - 50 ހައުސިން ޔުނިޓް
* ގއ.ގެމަނަފުށި - 50 ހައުސިން ޔުނިޓް
* ގއ. ކޮލަމާފުށި - 50 ހައުސިން ޔުނިޓް
* ގދ. ހޯޑެއްދޫ - 50 ހައުސިން ޔުނިޓް
* ގދ. ފަރެސްމާތޮޑާ - 50 ހައުސިން ޔުނިޓް
* ގދ. ފިޔޯރީ - 50 ހައުސިން ޔުނިޓް
* ހދ. ނެއްލައިދޫ - 60 ހައުސިން ޔުނިޓް
* މ. ދިއްގަރު - 75 ހައުސިން ޔުނިޓް
* ހއ. އިހަވަންދޫ - 100 ހައުސިން ޔުނިޓް
* ހދ. މަކުނުދޫ - 100 އުސިން ޔުނިޓް
* ނ. ކެނދިކުޅުދޫ - 100 ހައުސިން ޔުނިޓް
* ރ. މަޑުއްވަރީ - 100 ހައުސިން ޔުނިޓް
* ރ. އިނގުރައިދޫ - 100 ހައުސިން ޔުނިޓް
* ބ. ތުޅާދޫ - 100 ހައުސިން ޔުނިޓް
* ޅ.ހިންނަވަރު - 100 ހައުސިން ޔުނިޓް
* ތ. ވިލުފުށި - 100 ހައުސިން ޔުނިޓް
* ގދ. ގައްދޫ - 100 ހައުސިން ޔުނިޓް
* ސ. މަރަދޫ - 100 ހައުސިން ޔުނިޓް
* ސ.މަރަދޫ ފޭދޫ - 100 ހައުސިން ޔުނިޓް
* ސ. ހުޅުދޫ - 100 ހައުސިން ޔުނިޓް
* ސ. މީދޫ - 100 ހައުސިން ޔުނިޓް
* ށ. ފޯކައިދޫ - 150 ހައުސިން ޔުނިޓް
* އދ. މަހިބަދޫ - 150 ހައުސިން ޔުނިޓް
* ހއ. ދިއްދޫ - 200 ހައުސިން ޔުނިޓް
* ހއ. ހޯރަފުށި - 200 ހައުސިން ޔުނިޓް
* ށ. މިލަންދޫ - 200 ހައުސިން ޔުނިޓް
* ރ. ދުވާފަރު - 200 ހައުސިން ޔުނިޓް
* ފ. ނިލަންދޫ - 200 ހައުސިން ޔުނިޓް
* ދ. މީދޫ - 200 ހައުސިން ޔުނިޓް
* ގދ. މަޑަވެލި - 200 ހައުސިން ޔުނިޓް
* ސ. ފޭދޫ - 200 ހައުސިން ޔުނިޓް
* ގއ. ވިލިގިނލި - 225 ހައުސިން ޔުނިޓް
* ހދ. ނޮޅިވަރަންފަރު - 250 ހައުސިން ޔުނިޓް
* މ. މުލި - 300 ހައުސިން ޔުނިޓް
* ނައިފަރު - 400 ހައުސިން ޔުނިޓް
* ހދ. ހަނިމާދޫ - 500 ހައުސިން ޔުނިޓް
* ރ. އުނގޫފާރު - 500 ހައުސިން ޔުނިޓް
* ދ. ކުޑަހުވަދޫ - 500 ހައުސިން ޔުނިޓް
* ލ.ގަން - 500 ހައުސިން ޔުނިޓް
* ލ. ފޮނަދޫ - 500 ހައުސިން ޔުނިޓް
* ގދ. ތިނަދޫ - 500 ހައުސިން ޔުނިޓް
* ފުވައްމުލައް ސިޓީ - 500 ހައުސިން ޔުނިޓް
* ސ. ހިތަދޫ - 500 ހައުސިން ޔުނިޓް
* ކ. ތުލުސްދޫ - 550 ހައުސިން ޔުނިޓް
* ކުޅުދުއްފުށި ސިޓީ - 2000 ހައުސިން ޔުނިޓް
ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިން ޔުނިޓްގެ މަޝްރޫޢު ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެފުޅެކެވެ. އެހެންކަމުން ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ހިމަނާފައި ވަނީ އުމްރާނީ މަސައްކަތްތަކަށެވެ.