ސިޔާސީ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަން - އުމަރު ނަޞީރު


އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން، ދާދިފަހުން ހޯމް މިނިސްޓަރކަމުން އިސްތިޢުފާދެއްވި އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. tw:https://twitter.com/UmarNaseerPPM/status/748870475657256960?lang=en

ޢުމަރު މިކަން އިޢުލާންކުރެއްވީ މީރޭ ކުރެއްވި ޓްވީޓެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢުމަރު ނަޞީރު އިއުލާންކުރައްވާފައި މިވަނީ ވެރިކަން ހިންގާ ޕާޓީ ޕީޕީއެމްގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައީސް މައުމޫން ޕީޕީއެމްގެ އިޞްލާޙީ އެޖެންޑާއެއް އިޢުލާން ކުރައްވާފައިވަނިކޮށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޢުމަރު ނަޞީރު ނިންމެވިއިރު ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް މައުމޫން އެކުލަވާލެއްވި މަޝްވަރާ މަޖިލީހުގައިވެސް  ޢުމަރު ނަޞީރު ހިމެނިވަޑައިގަންނަވައެވެ.

މި ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވުމަށް ދާދީ ފަހުން އެ މަގާމުން އިސްތިއުފާދެއްވި ޢުމަރު ނަޞީރު މިހާތަނަށް ވިދާޅުވަމުން ގެންދަވާފައިވަނީ، އެނާ އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށެވެ. ސަރުކާރުން ވަކިވެވަޑައިގެންނެވި ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ހުންނަވާނީ ރައީސް ޔާމީނަށް ތާއިދްކޮށްދެއްވުމުގައި ކަމަށްވެސް ޢުމަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ