 
										
			ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ. 
ފުލުހުން ވިދާޅުވީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދާކަމުގެ ރިޕޯޓެއް މިއަދު 3:55 ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެ މީހާ ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.  
ފުލުހުން ވިދާޅުވީ އެ މީހާ މޫދުން ނެގުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާކަމަށާއި، އަދި އޭނާގެ ހާލު ގޯސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ.