ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ލޯކަލް ގަވރަމަންޓް އޮތޯރިޓީގެ ބޯޑަށް, މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަހުމަދު ޒުހޫރު ރައީސުލްޖުމުހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު ޢައްޔަންކުރައްވަންވާނެ ކަމަށެވެ. ޒުހޫރާއެކު އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޖުމުލަ ނުވަ މެމްބަރުންނެވެ.