ކުޅިވަރު

ކޮކާކޯލާގެ ނަސީބުވެރިން ފްރާންސަށްކުރި ތާރީޚީ ދަތުރު


ފްރާންސަށް ކުރި ދަތުރަށްފަހު ކޮކާކޯލާގެ ނަސީބުވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. 

މި ދަތުރުގައި ފްރާންސްގެ ވެރިރަށް ޕެރިހުގެ މުހިންމު ތަންތަނަށް ދަތުރުގެ ބައިވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާކޯލާއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނަލް އިވެންޓުގެ 12 ނަސީބުވެރިންނާއެކު ފްރާންސަށް ފުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ކޮކާކޯލާ ފުޅީގެ މަތިގަނޑުގައި ވާ ނަމްބަރު އެސްއެމްއެސް ކުރި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު 12 ނަސީބުވެރިން ކޮކާކޯލާއިން ޕެރިހަށް ގެންގޮސްފައިވަނީ އެ ޤައުމުގެ މުހިންމު ބިނާތައް ދައްކާލުމުގެ އިތުރުން މިހާރު ކުރިއަށްދާ ޔޫރޫ ފުޓްބޯޅަ މުބާރާތުގެ މެޗެއް ބަލާލުމުގެ ފުރުޞަތު އެ ބައިވެރިންނަށް ދިނުމަށެވެ.

ޤަތަރުގައި މަޑުކުރުމަށްފަހު ފްރާންސަށް ދަތުރުގެ ބައިވެރިންނަށް ދެވިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ނަސީބުވެރިން ތިބީ މިފަދަ ދަތުރެއް ލިބުނީތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

"މިއީ މިކަހަލަ ދަތުރެއް ލިބުނު ފުރަތަމަ ފަހަރު. ދުވަހަކުވެސް ހިއެއް ނުކުރަން މިހިސާބައް ދަތުރުކުރެވިދާނެކަމަކަށް. މިކަހަލަ ފުރުޞަތެއް ދިނުމުން ކޮކާކޯލާގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުން." ދަތުރުގެ ބައިވެރިއެއް ކަމުގައިވާ އައިޝަތު އަރޫޝާ ބުންޏެވެ.

ކޮކާކޯލާއިން މި ދަތުރުގެ އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމުގެ ފުރުޞަތު ދަތުރުގެ ބައިވެރިންނަށް ދިނުމެވެ.

img:http://s4.psmnews.mv/images/660x400/14671344624911.jpg|ދަތުރުގެ ބައިވެރިން ބަހުގައި ދަތުރުކުރަނީ- ފޮޓޯ: ޕީއެސްއެމް

މިމަހުގެ 25 ވަނަ ދުވަހު ވޭލްސްއާ ނޮދާރން އަޔަރލެންޑް ބައްދަލުކުރި ގަދަ ސޯޅައިގެ މެޗް ބަލައިލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެން ދިޔައެވެ. އަދި ޔޫރަޕްގެ ބޮޑު މުބާރާތެއްގެ މެޗެއްް ބަލައިލުމުގެ ފުރުޞަތު ލިބުމުން އެ ބައިވެރިން ތިބީ އުފަލުންނެވެ. ދުވަހަކުވެސް މިކަހަލަ ފުރުޞަތެއް ލިބޭނެކަމުގެ އުއްމީދުވެސް ނުކުރާކަމަށް ދަތުރުގެ ބައިވެރިން ބުންޏެވެ. ފްރާންސްގެ ޕެރިހުގައި ބައިވެރިން ވަނީ 5 ދުވަހު ހޭދަކޮށްފައެވެ. މި ފަސް ދުވަހުގެ ތެރޭގައި އެ ބައިވެރިން ވަނީ އުފާވެރި ވަގުތުތަކެއް ހޭދަކޮށް ޕެރިހުގެ މުހިންމު ބިނާތައް ބަލާލާފައެވެ.

މެޗް ބަލައިލުމުގެ އިތުރުން ކޮކާކޯލާއިން ދަތުރުގެ ބައިވެރިންން ގޮވައިގެންވަނީ ޕެރިހުގެ އެންމެ މުހިންމު އެއް ބިނާކަމުގައިވާ އައިފިލް ޓަވަރަށް ޒިޔާރަތް ކޮށް އެ ޓަވަރުގެ އެންމެ މައްޗަށް އަރެމުގެ ފުރުޞަތު ހޯދައިދީފައެވެ. މީގެ އިތުރުން ރިވަރ ސެރިން ކޯރަށް ޒިޔާރަތްކޮށް އެ ކޯރުގައި ދަތުރު ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހޯދައިދިނެވެ. އަދި ޕެރިހުގެ އެންމެ އާސާރީ އެއް ބިނާ ލައުރެ މިއުޒިޔަމްއަށް ގޮސް އެ މިއުޒިޔަމްގެ މުހިންމު ތަންތަން ބެލުމުގެ ފުރުޞަތު ހޯދައިދިނެވެ. 

img:http://s3.psmnews.mv/images/660x400/14671345352455.jpg|އައިފެލް ޓަވަރގެ އެންމެ މަތިން ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ޕީއެސްއެމް

ދަތުރު ނިންމާލުމަށްފަހު ކޮކާކޯލާގެ ނަސީބުވެރިން އެނބުރި މިއަދު ރާއްޖެ އައިސްފައިވާއިރު މި ދަތުރު ކޮކާކޯލާއިން ހަމަޖައްސާފައިވާލެއް ފުރިހަމަ ކަމުން ދަތުރުގެ ބައިވެރިންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އަދި މިއީ ޙަޔާތުގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ދަތުރުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

"މި ޤައުމަށް އައުމުން މި އެނގެނީ މިތަނުގެ ރީތިކަން. އަދި ޓަވަރުގެ މައްޗަށް އަރާ މުޅި ޕެރިސް ބަލައިލުމުން އަސްލު މި ޤައުމުގެ ރީތިކަން އިތުރަށް ފެނިގެން ދިޔަ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިކަހަލަ ތަނަކަށް އައުމުގެ ފުރުޞަތު ލިބުމަކީ. މި ފުރުޞަތުގައި އެންމެ ބޮޑަށް ޝުކުރުއަދާކުރަން ބޭނުންވަނީ މި ދަތުރު މިހާ ފުރިހަމަކޮށް ހަމަޖައްސައިދިނީތީ ކޮކާކޯލާ ކުންފުނީގެ މެނޭޖްމަންޓަށް" ދަތުރުގެ ބައިވެރިއެއް ކަމުގައިވާ ހަސަން ސިފާޒު ބުންޏެވެ.

މި ދަތުރުގެ ބައިވެރިން ވަނީ ކޮކާކޯލާއިން ދިން ފުރުޞަތައް އެ ކުންފުނީގެ މެނޭޖްމަންޓައް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.