ޚަބަރު

ޕީއެސްއެމްގެ ކްލަޔަންޓުންނަށް ޚާއްސަ ރޯދަވީއްލުމެއް ބާއްވައިފި


ޕަބްލިސް ސާރވިސް މީޑިއާއިން އެކުންފުނީގެ ކްލަޔަންޓުންނަށް ބޭއްވި ރޯދަވީއްލުމުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވިމި ރޯދަވީއްލުމުގައި ޕީ.އެސް.އެމްގެ ކްލަޔަންޓުންނާއި ޕާރޓްނަރުންގެ އިތުރުން ގިނަދުވަސްތަކެއް ވަންދެން ޕީއެސްއެމްގެ ޕާރޓްނާރސްގެ ގޮތުގައި ތިއްބެވި ފަރާތްތަކާއި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީން ވިދާޅުވީ މިއީ، ޕީއެސްއެމްއަކީ ގިނައަދަދެއްގެ ކްލަޔަންޓުންނާއި ޕާރޓްނާރސް ގެންގުޅޭ ކުންފުންޏަކަށްވާތީ އެންމެން އެއްތަނަކަށް އެއްވެ، ރަހުމަތްތެރި މާހައުލެއްގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބޭއްވި ރޯދަ ވީއްލުމެއްކަމަށެވެ.

މި ރޯދަ ވީއްލުމުގައި ޕީ.އެސް.އެމްގެ ބޯޑު މެންބަރުންނާއި އިސް މެނޭޖްމަންޓު އަދި އެކި ސެކްޝަންތަކުގެ ވެރިން ބައިވެރިވެފައިވެއެވެ. ޕަބްލިސް ސާރވިސް މީޑިއާއަކީ  ރޭޑިޔޯ 3 ޗެނަލް އާއި ޓީވީ 3 ޗެނަލާހިންގަމުންދާ ކުންފުންޏެކެވެ.