ޚަބަރު

އ.ދ އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަޞީރު


ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަޤާމަށް ގދ.ގައްދޫ ބެންހާގެ ޑރ. އަލީ ނަޞީރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އދ އަށް ކަނޑަައަޅުއްވާ ދާއިމީ މަންދޫބުކަމުގެ އިތުރުން، އެމެރިކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށާއި، ކެނެޑާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ. އަލީ ނަޞީރު އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުންދެއްވިއެވެ. ޑރ.ޢަލީ ނަޞީރު މިހާތަނަށް ހުންނެވީ ރާއްޖޭގެ ފޮރިންގ ސެކްރެޓަރީގެ މަޤާމުގައެވެ. އެމަނިކުފާނަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. މަޖިލީޙުގެ ޖަލްސާގައި ނެދަލެންޑްސް އާއި ލަގްޒަމްބަރގަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ ގ. ސަމަންތާ އަޙްމަދު ޝިޔާންއަށެވެ.

img:http://s3.psmnews.mv/images/660x400/14671038923077.jpg|ނެދަލެންޑްސް އާއި ލަގްޒަމްބަރގަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރުމަށް ރުހުން ދެއްވި އަޙްމަދު ޝިޔާން

ޝިޔާންއަކީ ރާއްޖެއިން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އިތުރުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ނޮން ރެސިޑެންޓް ސަފީރެވެ.