ޚަބަރު

އޭޑީކޭގައި އޯޕަން ހާޓް ސަރޖަރީގެ ޚިދުމަތް ފަށަނީ


ރާއްޖޭގައި އޯޕަން ހާޓް ސަރޖަރީގެ ޚިދުމަތް މިއަހަރުގެ ފަހުކޮޅުގައި ދޭންފެށޭވަރު ވާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. 

އެ ހޮސްޕިޓަލުން މިކަން ހާމަކުރެއްވީ އޭޑީކޭ ހޮސްޕިޓަލާއި ޖަރމަން ޑިވެލޮޕްމެންޓް ބޭންކް-ޑީއީޖީ-އާއެކު ވެފައިވާ ލޯން އެބަސްވުމުގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި އެކުންފުނީގެ އިސްވެރިޔާ އަޙްމަދު ނާޝީދު ވިދާޅުވީ ޖާރމަން ޑިވެލޮޕްމަންޓް ބޭންކްއާއެކު އޭޑީކޭ ހޮސްޕިޓަލުން ވެފައިވާ ލޯން އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ވަނީ ރޭއްވިފައެވެ. އެގޮތުން މިމަޝްރޫޢުތަކުގެ ދަށުން 3 އޮޕަރޭޝަން ތިއޭޓަރ އާއި ކެތްލެބެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ. އެ ހޮސްޕިޓަލުން އިތުރަށް ފުޅާ ކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާއި ގުޅޭ ގޮތުން ނާޝިދު ވިދާޅުވީ އުމުރުން ދުވަސްމީހުންނަށް ހާއްސަ ޙިދުމަތްތަކާއި ދަރިމައިވުމުގެ ކަންތައްތަކާއި ބެހޭ ހާއްސަ ކްލިނިކެއް ހެދުމަށް ހަމެޖެހިފައިވާކަމަށެވެ. އަދި އަތޮޅުތަކުން އެ ހޮސްޕިޓަލުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އެކޮމަޑޭޝަން ބޮލޮކެއް ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. މި އެކަމަޑޭޝަން ބްލޮކް ޤާއިމްކުރާނީ ރަނގަޅު ވަސީލަތްތަކާއެކުގައިކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

މި ލޯން އެއްބަސްވުމުގެ ދަށުން އޭޑީކޭގައި ކްރިޓިކަލް ކެއާ ޔުނިޓް ގެ ޚިދުމަތް ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި އޭޑީކޭގައި އައިސީޔޫ ޔުނިޓާ އެކު ހައި ޑިޕެންސީ ޔުނިޓެއް ހުންނާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި މި ބޭންކާއި ގުޅިގެން މީހުން ބިނާކުރުމުގެ ހަމަޖެހިފައިވާކަށްވެސް އޭޑިކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އަދި މި މަޝްރޫޢު ދަށުން މުޅި ހޮސްޕިޓަލް އަޕްގްރޭޑް ކުރެވިގެންދާނެކަމަށެވެ.

ޖާރމަން ޑިވެލޮޕްމަންޓް ބޭންކްއާއެކު އޭޑީކޭ ހޮސްޕިޓަލުން ވެފައިވާ ލޯން އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ އޭޑީކޭ ތަރައްޤީކުރުމުގެ މަޝްރޫޢު ގާތްގަޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި ހޮސްޕިޓަލް ތަރައްގީކުރަން ޑީއީޖީ ބޭންކުން 12 މިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.