ޚަބަރު

އދ. މަހިބަދޫއަށް މަސްތުވާތަކެތި ގެންދިޔަ ކުއްޖަކު ހައްޔަރުކޮށްފި


މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓަކާއި ސެލޯފިންކޮޅެއް އދ. މަހިބަދޫއަށް ގެންދިޔަ 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މާލެއިން އދ. މަހިބަދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މަސްތުވާތަކެތި ތަކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓާއި ސެލޯފިންކޮޅު ފެނިފައިވަނީ، އޭނާ އެ ބޯޓުގައި ހުއްޓައި ބަލާފާސްކުރުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

 ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.