ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުލެއިން މީހަކު ފުލުހުން ބެލުމުގެ ދަށަށް


މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓާއެކު ހުޅުލެއިން މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހުޅުލެ ފެރީއެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަޙައްދަށް ޓޫރިސްޓް ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންގޮސް ތުހުމަތު ކުރެވޭ މީހާ ހުއްޓުވަން އުޅުމުން އޭނާގެ ޖީބުގައި ހުރި އެއްޗެއްހިތަކެއް އުކާލުމާ ގުޅިގެންނެވެ.

އޭނާ އުކާލިތަކެތި ނެގިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓާއި 1 ހުސްޕެކެޓް ފެނިފައިވެއެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.