ޚަބަރު

އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖުގައި ތެޔޮ ފޯރުކޮށްދެނީ


މާލޭގެ ދެކުނު ފަރާތުގައި ތަރައްޤީކުރަމުން އަންނަ ސިނާޢީ އަވަށުގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން އެސްޓީއޯއާއެކު ހައުސިންގ މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސިނާޢީ އަވަށުގެ ބިމުގެ އަޑީގައި ޓޭންކްތަކެއް ހަދައި، ތެޔޮ ރައްކާކޮށް އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަސައްކަތަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބެލިނަމަވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ބައެއް ދިމަދިމާލުން ބައުޒަރުތަކުން ދޯނިފަހަރަށާއި ވެހިކަލްތަކަށް ތެޔޮއެޅުމަކީ ނުރައްކާތެރި ޙާދިސާއެއް ހިނގާފާނެ ކަމެއްކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވާފައިވާ ކަމުގައެވެ.