ކުޅިވަރު

އަޔަރލެންޑް ގަދަ ސޯޅައިން ޖާގަ ހޯދައިފި


އިޓަލީގެ މައްޗަށް ކުރި ހޯދާ ރިޕަބްލިކް އޮފް އަޔަރލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ރޭ އިޓަލީގެ މައްޗަށް އަޔަރލެންޑް ކުރި ހޯދީ 1 ލަނޑު ސުން  ލަނޑުންނެވެ. މެޗްގައި އަޔަރލެންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ރޮބަޓް ބްރެޑީއެވެ. މި މެޗުން މޮޅުވެ އަޔަރލެންޑް 2 ވަނަ ބުރުން ޖާގަ ހޯދީ 4 ޕޮއިންޓާއެކު ގްރޫޕް އީގެ 3 ވަނަ ހޯދުމުން ގްރޫޕްތަކުން 3 ވަނައަށް ދިޔަ އެންމެ ރަނގަޅު 4 ޓީމުގެ ތެރޭގައި ހިމެނިގެނެވެ.

 އިޓަލީ މި ގްރޫޕްގެ 1 ވަނާގައި އޮތީ 6 ޕޮއިންޓާއެކުއެވެ. ގަދަ 16 ގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ސްޕެއިންއާ އެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެރޭ 9 ޖަހާއިރުއެވެ. ގަދަ 16 ގައި އަޔަރލެންޑް ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ޤައުމު ފްރާންސް އެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހު އިރުއޮއްސި 6 ޖަހާއިރުއެވެ.