ކުޅިވަރު

ބެލްޖިއަމް ގަދަ ސޯޅައިން ޖާގަ ހޯދައިފި


ޒްލަޓާން އިބްރަހިމޮވިޗްގެ ސްވިޑުން މުބާރާތުން ކަޓުވާލުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. ގްރޫޕް އީގެ ފަހު މެޗްގައި ރޭ ބެލްޖިއަމްއާ ސްވިޑުން ބައްދަލުކުރި މެޗް ބެލްޖިއަމް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

 މެޗްގައި ބެލްޖިއަމްގެ ހަމައެކަނި ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޖާ ނައިންގޮލަންއެވެ. މި މެޗުން މޮޅުވެ ބެލްޖިއަމް ގަދަ 16 އިން ޖާގަ ހޯދީ 6 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނަ ހޯދައިގެނެވެ. ސްވިޑުން އޮތީ ގްރޫޕްގެ 4 ވަނާގައި 1 ޕޮއިންޓާއެކުއެވެ. ގަދަ 16 ގައި ބެލްޖިއަމް ބައްދަލުރަން ޖެހެނީ ހަންގޭރީއާ އެވެ. އެ މެޗް ކުޅޭނީ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ. 

ގަދަ 16 ގައި 25 ވަނަ ދުވަހު އިރުއޮއްސި 6 ޖަހާއިރު ބައްދަލުކުރާނީ ސްވިޒަރލެންޑާ ޕޮލެންޑްއެވެ. އެރޭ 9 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ވޭލްސްއާ ނޮދާން އަޔަރލެންޑެވެ.