ކުޅިވަރު

ޕޮލެންޑް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅަޔަށް


ގްރޫޕް ސީގެ 2 ވަނަ ޓީމުގެ ގޮތުގައި 2 ވަނަ ބުރުން ޖާގަ ހޯދުމާ ގުޅިގެން ޕޮލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ސްވިޒަރލެންޑާ ވާދަކުރަން ޖެހިއްޖެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ރޭ ޕޮލެންޑާ ޔޫކްރެއިން ބައްދަލުކުރި މެޗް ޕޮލެންޑް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ޕޮލެންޑްގެ ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔަކޫބް ބުއަސްޓްކޮވްސްކީއެވެ. މި މެޗުން މޮޅުވި ނަމަވެސް ޕޮލެންޑަށް ގްރޫޕް ސީގެ 2 ވަނަ ލިބެނީ ފައިދާ ގޯލް ޖަރުމަންއަށްވުރެ ދަށްވުމުންނެވެ. 7 ޕޮއިންޓާއެކު ޕޮލެންޑް ގްރޫޕް ސީގެ 2 ވަނާގައި އޮތްއިރު މި މެޗުން ބަލިވި ޔޫކްރެއިން ވަނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލަށްވެއްޓި މުބާރާތާ އަލްވަދާޢު ކިޔާފައެވެ.

މިގްރޫޕްގައި  ނޮދާން އަޔަރލެންޑް ބަލިވި ނަމަވެސް އެ ޓީމަށް ވަނީ މުބާރާތުގެ ގަދަ 16 އިން ފުރުޞަތު ލިބިފައެވެ.  މިއީ އެ ޓީމު 1986 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރުއެވެ.