ކުޅިވަރު

ޖަރުމަނާ ނޮދާން އަޔަރލެންޑްވެަސް ގަދަ ސޯޅައިން ފުރުޞަތު ހޯދައިފި


ނޮދާރން އަޔަރލެންޑްގެ މައްޗަށް ކުރި ހޯދާ ގްރޫޕް ސީގެ 1 ވަނަ ޓީމުގެ ގޮތުގައި ޖަރުމަން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ރޭ ގްރޫޕް ސީގައި ޖަރުމަންއާ ނޮދާން އަޔަރލެންޑް ބައްދަލުކުރި މެޗް ޖަރުމަންވިލާތް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ޖަރުމަންގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ ގޮމޭޒްއެވެ.

 މި މެޗުން ލިބުނު 7 ޕޮއިންޓާއެކު ޖަރުމަން ގްރޫޕްގެ 1 ވަނާގައި 7 ޕޮއިންޓާއެކު އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި އަދަދަށް ޕޮއިންޓް ލިބިގެން 2 ވަނާގައި އޮތީ ޕޮލެންޑްއެވެ. ގަދަ 16 ގައި ޖަރުމަންއާ ބައްދަލުކުރާނެ ޓީމެއް ކަށަވަރުގެވެންދާނީ މިރޭ ކުޅޭ ގްރޫޕް އެފްގެ 2 މެޗަށްފަހުއެވެ. 

ރޭގެ މެޗުން ނޮދާން އަޔަރލެންޑް ބަލިވި ނަމަވެސް އެ ޓީމަށް ވަނީ މުބާރާތުގެ ގަދަ 16 އިން ފުރުޞަތު ލިބިފައެވެ.

ނޮދާން އަޔަރލެންޑަށް ތިންވަނަ އަށް ދިޔަ ނަ،މަވެސް އެޓީމަށް ކުރިލބެނި ކޮންމެ ގްރޫޕަކުން ތިންވަނައަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ކުރި ލިބޭ ހަތަރު ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭތީއެވެ.