ޚަބަރު

ލެޑްގަރޑްން އަކާއެކު ސިޓީ ޕާކު މަހެއްހާދުވަހުގެ ތެރޭގައި ހުޅުވަނީ


ސިޓީޕާކް، ލެޑް ގާރޑްނެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށްފަހު ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުއްވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ، އެތަނުގެ މަސައްކަތް މިހާރު އޮތީ ނިމުމާ ކައިރިވެފައިކަމަށެވެ. ކަޅުއޮއްފުންމީގެ ނަމޫނާއަށް ބަނދެފައިވާ އޮޑިވެސް މިހާރު ބަހައްޓަވާފައިވަނީ ސީޓީ ޕާކްގައެވެ. ޕާކްގެ މަސަކަތް ނިމޭއިރު މިތަން ފެންނާނީ، ކުރިން އޮތް ލެޑްޕާކަށްވުރެ ފުރިހަމަ ލެޑްޕާކެއްގެ ގޮތުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިން ލެޑްޕާކްގެ ގޮތުގައި ހައްދަވާފައިވަނީ، ސަލްޓަން ޕާކްގެ އިރުދެކުނު ސަރަޙައްދެވެ. އެހެންނަމަވެސް ސަލްޓަންޕާކް އާ ޕްލޭނެއްގެ ދަށުން ތަރައްޤީކުރައްވަން ނިންމެވުމާއެކު އެތަނުގައި ހުރި ލެޑްބޮކީގެ ގަސްތައް ނެންގެވުމަށްފަހު މިހާރު ސިޓީޕާކްގެ އެހެން ސަރަޙައްދަކަށް ބަދަލުކުރައްވާފައެވެ.