ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


ގަޑިއަކު 50 މޭލަށް ވައިގަދަވެ ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރުއްވައިފިއެވެ.

ށ.އަތޮޅާއި ހުވަދުއަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރުއްވާފައި ވަނީ ހެނދުނު 8:40 އިން މެންދުރު ފަހު 2:40 އާއި ހަމައަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އާންމުގޮތެއްގައި ކަނޑުގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.