ޚަބަރު

ރ. ފަސްމެންދޫގައި ރިސޯޓެއް ތަރައްޤީކުރަނީ


ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރ. ފަސްމެންދޫ، ސަރުކާރު ޙިއްސާވާ ކުންފުންޏެއް ކަމަށްވާ އެމިލް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރައްވައިފިއެވެ. 

ފަސްމެންދޫ 50 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ޓުއަރިޒަމް މިނިސްޓްރީން އެކުންފުންނާއި އެކު ސޮއިކޮށްފައެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކޮށް 24 މަސްދުވަހުގެ ތެރޭގައި ހުޅުވަން ޖެހޭނެ ކަމަށް އެމިލް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި އެކު ޓުއަރިޒަމް މިނިސްޓްރީން ވި އެއްބަސްވުމުގައި ބުނެފައިވެއެވެ.