ޚަބަރު

ޢިހްޔާ ފޯރަމްގެ ޖަލްސާއެއް މިރޭ ބާއްވަނީ


ރަމަޟާން މަހުގެ ދުވަސްތަކާއި، ރޭތައް ދިރުވާ އާލާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޞާން މަހު ބާއްވަވާ ޢިހްޔާ ފޯރަމްގެ ޖަލްސާ މިރޭ އޮންނާނެއެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ޢިޙްޔާ ފޯރަމް ޖަލްސާގެ ޚާއްސަ ކުރައްވާފައިވަނީ" އިސްލާމްދީނާއި ފުށުއަރާ ފިކުރުތައް" މި މަޢުޟޫއަށެވެ. މިރޭގެ މަޢުޟޫއަށް ވާހަކަދައްކަވާނީ އައްޝައިޚް ޙަސަން ތަޢުފީޤާއި ޑރ،. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

މި ރޭ  9:30ގައި ފައްޓަވާ މި ޖަލްސާގައި އެސްއެމްއެސް ކުރުމުގެ ފުރުޞަތާއި އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިރޭ ބާއްވަވާ އިޙްޔާ ޖަލްސާއަކީ މި އަހަރުގެ ރަމަޟާން މަހު ބާއްވަވާ 4 ވަނަ ޖަލްސާއެވެ.

އިޙްޔާ ކުރުމުގެ ޖަލްސާތަކަކީ، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ އެންމެ ގިނަ ދުވަސްވީ ޖަލްސާއެވެ. މެދު ކެނޑުމެއްނެތި މި ޖަލްސާތައް ކުރިއަށްގެންދާތާ މިހާރު ވަނީ 36 އަހަރުވެފައެވެ.